ކަނޑިތީމުގެ ރައްޔިތުންނޭ ހޭ އަރާށެވެ. މިހާރު ކަނޑިތީމުގައި މި ހިނގަމުންދާ ކޯޅުންގަނޑު ހުއްޓާލާ މުޅި ކަނޑިތީމުގެ ރައްޔިތުން އެއްގަލަކަށް އަރާމާ ހިނގާށެވެ. ނުނީ މިހާރު މި ހިނގަމުންދާ ކޯޅުން ގަނޑަކީ މުޅި ކަނޑިތީމުގެ ހަޔާތުގައި އަންނާނޭ އެންމެ ބަނަ އަދި ބަދުނަސީބު ކޯޅުން ގަނޑަށް ވެދާނެއެވެ. މި ކޯޅުން ގަނޑުގެ އަލިފާން ދެން ދުވަހަކުވެސް ފިލައިގެން ނުދާހާ ބޮޑުވެދާނެއެވެ.
ރައްޔިތުންނޭ މިއަދު އަސްލު ހަޤީޤަތުގައި ކަނޑިތީމުގެ ހުރިހާ ރައްޔިތުން އުފާ ކުރަންޖެއެވެ. ވިސްނާލާށެވެ. މިއަދު ރައްޔިތުން މަޖިލީހުގެ ގޮޑިއަށް ކުރިމަތިލާފާ އެ ހުރީ ކަނޑިތީމުގެ ލޭ ހުރި ކަނޑިތީމުގެ ދަރިއެކެވެ. އެކަފާ ފަހުރުވެރި ވާށެވެ. އެކަމާ ކުފުރު ނުވާށެވެ. އެކަކު އަނެކަކާ ތަޅާ ފޮޅާ ނަހަދާށެވެ. ބައިބައި ނުވާށެވެ
ވިސްނާށެވެ. މިފަހަރު ކަނޑިތީމުގެ ރައްޔިތުން މި ވޯޓް ދެނީކީ އެއް އެމްޑީޕީ، ޑީ އާރުޕީ ، ޤައުމީ ޕާޓީ އަދި މިނޫންވެސް ޕާޓީއަކަށް ނިސްބަށް ކޮށްފައެއް ނޫނެވެ. ނަމެވެސްް ކަނޑިތީމުގެ ލޭ ހުރި ކަނޑިތީމުގެ އަދި އަތޮޅުގެ ދަރިއަކަށް ވީތީ އެވެ. އެއްވެސް ހާލެއްގައި މި ވަގުތަކީ ބައިބައި ވާން ވީ ވަގުތެއް ނޫނެވެ. ނަމެސް ކުރީގައި ކުޑަކޮށް އޮތް ނުވަތަ ނެތް ގުޅުން ގާއިމު ކުރަންވީ ވަގުތެވެ.
ދަންނަވަންތޯއެވެ. ކަނޑިތީމަކީ ތައުލީމީ ގާބިލް ކުދިން މިހާރުވެސް ތިބި އަދި އިރާދަކުރެއްވިއްޔާ މުސަތަޤްބަލްގައި ގިނާނޭ ރަށެކެވެ. އެހެންކަމުން މާދަމާ މި ގޮނޑިއަށް ކުރިމަތިލާނީ ކާކުގެ އުފަން ދަރިއެއް ކަމެއްވެސް ނޭންގެއެވެ.
ނަމަވެސް މިއަދު މިފެންނަހެން ކަނޑިތީމުގެ ރައްޔިތުން ކޯޅެންޏާ ކަނޑީތީމުގެ ޤާބިލް ދަރިން މި ގޮނޑީގާ އިށީން ނާނީ ކިހިނަކުންތޯ އެވެ.
ހަމަޔަޤީނުންވެސް މިއަދު އިދިކޮޅު ހަދާމީހުން އެދުވަހު ހަދަނީ ކިހިނެއްބާވެއެވެ. ބުއްދީގެ ވިސްނުން ހިފާށެވެ. ހަމަ ޔަޤީނުންވެސް މިވީ ހާ ދުވަހަށް މަޖިލީހިގެ ގޮނޑިން ކަނޑިތީމަށް އަދި ކީއްކުރަންތޯ މުޅި އަތޮޅަށްވެސް ވީ ހަޤީޤީ ފައިދާއެއް ނެތެވެ. ވިމާ، އިއަދު އިދިކޮޅަށް ނުކުމެ ހަޅޭއްލަވަންވީ ކޮން ސަބަބަކާ ހުރެ ތޯއެވެ.
އަޅުގަނޑުގެ ބޭބެއިންނާ ދައްތައިންނޭ މިހާރު މިހިގަނީ އަސްލު ޒާތީ ހަސަދައެވެ. މިކަންތައް ދޫކޮށް އެކަތިގަނޑަކަށްވާ މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭގާ ހިފާށެވެ.އެއީ މާދަމާ މިގޮނޑިއަށް ކުރިމަތިލާނީ ތިޔަ ބޭބެއިންނާ ދައްތައިންގެ ދަރިންނެވެ. އެއްވެސް މީހަކީ ގިނަފަހަރަށް އަނެކަކުގެ މަތިން ބޭނުމެއް ޖެހުނީމާ ނޫނީ ހަނދާވާން މީހެއް ނޫނެވެ. އެއީ އިންސާނީ ތޮބީއަތެވެ.
ކުރީގެ ވާހަކަ ނުދައްކާ އެއްބައިވަމާ ހިނގާށެވެ. ކަނޑިތީމުގެ މުސްތަޤްބަލުގެ ދަރިންނަށް ޓަކައެވެ. މިކަހަލަ ފުރުސަތެއް އެއްބައިވުމަށްޓަކައި ﷲ މިންވަރު ކުރެއްވި ކަމަށްޓަކައެވެ.
ކަނޑިތީމަށް އުފަން ދަރިއެއްގެ އިހްސާސް
Friday, May 8, 2009
ށ. ކަނޑިތީމުގެ ލޮބުވެތި ރައްޔިތުންނަށް
at
8.5.09
0
comments
Links to this post
Labels: ކަނޑިތީމު ރިޕޯޓް
ކަނޑިތީމު ކޭބަލްޓީވީއަށް ދޭނެކަމަށް ވައުދުވި 189150 ރުފިޔާ ޖީވާނު ހުސޭނު ނުދޭކަމަށް ބުނުމުން ޑިއާރުޕީ މީހުން ރަތަށް އަރައިފި
ކަނޑިތީމު ކޭބަލްޓީވީ ގެ ނެޓުވޯކު ރަނގަޅުކުރުމަށް މުހައްމަދުހުސޭނު ދޭން ވައުދުވި 189150 ރުފިޔާ ދީފައި ނުވާކަމަށް ކަނޑިތީމު ކައުންސެލަރުވިދާޅުވުމާ ގުޅިގެން ކަނޑިތީމުގައި ތިބި މުހައްމަދުހުސޭނަށް ކެމްޕޭނު ކުރާ ޑީއާރުޕީ ބައިގަނޑު ރަތައްއަރައިފިއެވެ.ތެދު ސައްހަ މައުލޫމާތު ރައްޔިތުންނަށް ހާމަކުރުމުން އެކަން ހަޖަމް ނުކުރެވިގެން ރަތަށް އަރާފައިވާ ޑިއާރުޕީ ބައިގަނޑު އަމިއްލައަށް ބަލި ވެއްޖެކަން އެނގި ހުރެ އެކަން ހަޖަމް ނުކުރެވިގެން އުޅޭއިރު 19 އަހަރު ދުވަހު ރައްޔިތުން ނަށް ވެފައިވާ ވައުދުތައް ނުފުއްދި ހުއްޓާ މަތިމަށްޗައް މިވީ ވައުދުގެ ސަބަބުން 19 އަހަރުގެ ތަޖުރިބާ ކަނޑިތީމުގެ ރައްޔިތުންގެ އިތުރުން މުޅިދާއިރާގެ ރައްޔިތުންނަށްވެސް އެނގިގެން ގޮސްފިއެވެ.
މަޖިލީހުގެހޭދަކުރި 19 އަހަރުގެ ދިގުމާޒީގައި ވެފައިވާ ވައުދު ތައް ނުފުއްދާ އަމިއްލަ ޖީބުން ހަރަދު ކޮށް ނޫމަރާ ބަނދަރު ހަދާދީ ބިލެއްފަހިގައި ގެސްޓު ހައުސް އެއް ހަދާ ދޭން ބުނެ ރައްޔިތުންނަށް އޮޅުވާލަމުންދާއިރު. ރައްޔިތުން މިއަދު ބުނަނީ މިފަހަރުގެ ގެންނަން މިއުޅެބަދަލަކީ ސަމާސާ ބަދަލެއް ނޫން ކަށެވެ .މިއިސީރިޔަސް ބަދަލެއްކަމަށް ބުނެ މިފަހަރު ބަދަލަކަށް މުޅިދާއިރާ ސިރާޖު އާ އިބައިއަތު ހިފާފައިވާއިރު މިފަހަރު ބަދަލު ކުރުމަކީ ކުރަން ޖެހޭކަމެއްކަމަށް ދެކި ރެޔާދުވާލު ކެމްޕޭނުގެ ފޯރީގައި އުޅެމުންދާ ހުރިހާމީހުންވެސް ބުނަނީ މިއިންތިހާބުން މުހައްމަދުހުސޭނު ފެއިލްވެއްޖެކަމުގެ ވަހަކައެވެ.
ރޯމާ ދުވާލުގައި ރައްޔިތުންގެ ލޮލުގައި އަނދުންއަޅާ އޮޅުވާލަމުން ވެފައިވާ ވައުދުތައް ނުފުއްދާ ހަވަރަށް ދީފާނެ ކަމުގެ ބިރުގަ ކެމްޕޭނު ބުރުނިއްމާލި އިރު މުހައްމަދު ހުސޭނަށް ވަނީ ހަމަ ގައިމުވެސް އެއްކަމެއް ވިސްނިފައެވެ.އެއީ ތިމަންނައަށް ހެޔޮއެދިގެން އެކަކުވެސް ނޫޅޭކަމަށާ އޮޑިއަންދާ އައްދަލީމަގީ ހަގީގަތުގައިވެސް މަކުރުވެރި ހީއްލެއްތެރިއެއްކަމާ އަދި ގޮދަޑިލަތީފު ސައްބު ހެދިގެން އުޅޭއިރު މުހައްމަދު ހުސޭނުގެ މޫނުބަލާ ލޯނގަޑު ޒަހީނު މުންޑުލައިގެން އުޅެނީ ފައިދާތަކެއް އޭނަ އަށް ވާތިކަމަށެވެ. .
at
8.5.09
0
comments
Links to this post
Labels: ކަނޑިތީމު ޚަބަރު
ފަސްފަހަތުން ދުވެ ހަށިފާރަވެރިން ނާއެކު އެރި ރަންނަމާރި ކަނޑިތީމުދާއިރާއިން ފައްސާލައިފި
މަޖިލިސް ކެންޕޭނުގެ ފަހުތަޅާލުން ގަނޑުގައި ބައިވެރިވަން ހަށިފާރަވެރިން ނާއެކު ޖީވާނު ކުރި ހިތްދަތި ކެމްޕޭނު ދަތުރު ނިއްމާލުމަށް ފަހު ފުރައިފިއެވެ.ޖީވާނަށް ކެމްޕޭންޕޭނު ކޮށްދިނުމުގައި މަތިހަށި ނަގައިގެން އުޅޭ ޒަހީނުއާ ގޮދަޑިކާކެ ކެހިވެރި ކަން ހަމަލޮލަށް ފެނިގެން ދިޔަ މިދަތުރުގައި ގޮއިދޫގައި ނާޗަރަގި ކުޅެ އަންހެން ވެރިން ނެއްޓުވުމަށް ފަހު ބިރުން ހުރެ ހަށިފާރަވެރިންގެ 5 މީހުންނާއެކު ފޭދުއަށް ވަޅުދޮރާށިން އެތެރެވެ ބިރުން ހުރެ 5 ގެޔަށް ވަނުމަށް ފަހު ހަވަރަށްދީފާނެ ކަމުގެ ބިރުން ހުރެ ބިލެއްފައްސައް އަޜާ 80 ޕަސަންޓު ޖީވާނަށް ލިބޭނެ ކަމަށް ގޮދަޑިކާ ބުނިރާށުގައި ބޭވި ބައްދަލުވުމަށް ހާޒިރުވީ 30 ހަކަށް މީހުންނެވެ
.ގެންލަދުން ކަނޑިތިމަށް ޖީވާނު އައި އިރު ޖީވާނަށް ކަނޑިތިމުން ސަޕޯޓު އޮތްމިންވަރު ދެއްކުމަށްޓަކައި ބޮޑުމާލޫދަށް 5 ރަށުން މީހުން ގެންނަހެން ފޭދު،ގޮއިދޫ،ބިލެއްފަހި ،ނޫމަރައިން މީހުން ގެނެސް ގެން 786 މީހުން ވޯޓުލެވޭ ކަނޑިތީމުން ޖީވާން ނަށް ސަޕޯޓު ކުރާ އެންމެން ޅަދަރި ފުރަހަންނަށް ނެރެގެން ވެސް ބޮޑުމާލޫދަށް ގެނާ މީހުންނާއެކު ހަމަވީ ކިރިޔާ 170 އެއްހާ މީހުންނެވެ. ކެމްޕޭނު ދަތުރުގައި ޖީވާނާ އެކު ދާނެ މީހަކު ނުވެގެން ކަނޑިތީމު ނޭކުރަންދޫ އައްދުރަހުމާނުގޭ އާދަން ސަކީލާ އެގޭ އިސްހާގު[ލޯޑޭ] އާއި އަހުމަދު އާމިރު ވަނީ ޖީވާނާ އެކު ދާއިރާ ބުރު ޖަހާފައެވެ.
ކަނޑިތިމަށް އެރިގޮތަށް ޖީވާން އެވައިން ގެޔަކަށް ވައިންގޮތަށް ނިކުންނަށް ނުކުރެ ހުރެ 3 ގަޑީރު ވަން ދެން އެ ގެއެއްގެ ތެރޭ އިންދެ ވަލުދޮރާށިން ވަނީ ފިލާ ރަށްކާވެފައެވެ. 19 އަހަރުގެ ތަޖުރިބާ އާ ގާތް ރަހުމަތްތެރިން ގެ އިހުސާސް ވަރަށް ރަނގަޅަށް ދަންނަކަމަށް ދާއިރާ ބަހުސްގައި ބުނި ޖީވާން މިކުރި ދަތުރަކީ އޭނަގެ ހަނދާނުގައިވެސް ށ އަތޮޅަށް ކުރި އެންމެ ހިއްދަތި ދަތުރުކަމަށް ކޭއެލް ޓީމުން ހާމަކުރެއެވެ..
at
8.5.09
0
comments
Links to this post
Labels: ކަނޑިތީމު ޚަބަރު
Wednesday, May 6, 2009
ބަދަލަށް ބޭނުންން ވެފައި
ދިވެހި ބަހުގެ ރަދީފުގައި ބަދަލުގެ މާނައިގައި ވަރަށް އެއްގޮތް އެހެން ނަމަވެސް ތަފާތު މާނަތަކެއް ދޭހަވާ 3 މާނައެއްވެއެވެ. ބަދަލު ގެ އެއް މާނައެއްކަމުގައި ދިވެހބަހުގެ ރަދީފުގައި ވަނީ "އެއްޙާލަކުން އަނެއްޙާލަކަށް ފުރޮޅިގެންދާ ފުރޮޅުން" މިހެންނެވެ. "ބަދަލެއް" މިފަހަކަށް އައިސް ދިވެހސިޔާސީ ޖައްވުގައި ވަރަށް ގުގުމާ ލަފްޒެކެވެ. ދަންބެރަށް ވުރެ ތަގުޑި ދިގުނުކޮށް ދަންނަވަން މިއުޅޭ ވާހަކައި ދިމާއަށް ދެވޭތޯ ބަލަނަމެވެ
އަލަށް އެކުލަވާލައި ރައްޔިތުންގެ މަޖިލިސް އަސް ކެމްޕޭން ކުރުމުގައި ވެސް ބަދަލު މިލަފްޒު ވަރަށް ބޮޑަށް ކަނޑިތީމް ދާއިރާއިން އެބަފެނެއެވެ. އަދި މިގޮތުން ދާއިރާއަށް ކުރިމަތިލީ ކެނޑިޓެއްގެ ސިޔާރެއްގައިވެސް ވަނީ "ބަދަލަކަށް" މިހެން ލިޔެފައެވެ. އައެކެވެ. މިދާއިރާއަށް ވަނީ މިހާރު މިއޮތް ހާލަތުން އެހެން ހާލަތަކަށް ގެންދަން ޖެހިފައެވެ. ބަދަލަކަށް ބޭނުންވެފައެވެ.
ކުރިން ރައްޔިތުން މަޖިލީހައި ހިލާފަށް މިފަހަރު ށ. އަތޮޅު ވަނީ ހަތަރު ސަރަހައްދަކަށް ބަހާލައި ކޮންމެ ސަރަހައްދަކުންވެސް ކެނޑިޑޭޓެއް ހޮވާގޮތަށް ބަދަލުވެފައެވެ. މިބަދަލާއި އެކު ވަނީ ރައްޔިތުންގެ މަޖިލީހަށް ވަރަށް އައު މޫނުތައްވެސް ކުރިމަތިލާފައވެ. ހަމަ އެއާއި އެކު އަތޮޅުގެ ގޮޑިޔަށް ބާ މޫނުތައް އެހެން ނަމަވެސް ރައްޔިތުން މަޖިލީސް ޓީވީން ބަލާ މީހުންނަށް މަދުން ފެންނަ ފަރާތްތައްވެސް ކުރިމަތި ލާފައެވެ.
މިދާއިރާގެ ފަރާތްތަކުން ހަޤީޤަތުގައިވެސް ވަނީ ބަދަލަކަށް ބޭނުންވެފައެވެ. ސަބަބުން ނުހަނު ގިނައެވެ. އަލަށް ރައްޔިތުން ހޮވާ ރައްޔިތުންންގެ މަޖިލީހަކީ ކުރިޔާ ހިލާފަށް ނުހަނު ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުވެގެން ދާނެ މަޖިލީހެކެވެ. ކުރަންޖެހޭ ކަންތައް ނުހަނު ގިނަ މަޖިލީހަކަށް ވާނެ މަޖިލީހެކެވެ. އިސްލާހުކުރެވުނު "އައު ޤާނޫނޫ އަސާސީ" ގެދަށުން ހަދަން ޖެހޭ ގިނަ ޤާނޫނުތައް ހަދަން ޖެހޭ މަޖިލީހެކެވެ. އެހެން ކަމުން މިފަހަރުގެ މަޖިލީހަށް ހޮވާއިރު މަޖިލީހުގެ ހާޒިރީ އަށާއި މަޖިލީހުގައި ވަކާލަތު ކުރޭވޭ ކުރެވުމަށް ބަލައި ބަދަލެއް ވަނީ ގެންނަން ޖެހިފައެވެ.
ކަނޑިތީމް ދާއިރާތަކުގެ ރައްޔިތުންނެވެ ފުންކޮން ވިސްނާބަލާށެވެ. މިދާއިރާތަކުގެ ރައްޔިތުންނަށް ކަންތައްތައް ކުރަން ރާވައި އަހަރުތަކަށް ދެމިގެން ދިޔައިރު އެކަންތައް ހިނގާ ނުހިނގާ ގޮތް ބަލައި ނުލައި ރައްތިޔުންގެ މަޖިލީހު ގޮޑީގައި އިން މީހަކަށް ދެން ސަރުކާރެއް ޒިންމާދާރު ކުރެވޭނެ ކަމަށް ޤަބޫލުކުރަންތޯއެވެ. ހަމަޤައިމުވެސް ފެންނަން އޮންތީ މަޒީއެވެ. އެހެން ކަމުން މާޒީން އިބުރަތް ހާސިލުކޮށް މިފަހަރު ސަރުކާރު ޒިންމާދާރުކޮށް ސަރުކާރައި އެއްބާރުލުން ދޭފަރާތަކަށް މަޖިލީހުގެ ގޮނޑި ދިނުމަށްޓަކައިވެސް ބަދަލެއް ކޮށްލުން ކީއްތޯއެވެ.
ކަނޑިތީމްގެ ރައްޔިތުންވެ. މިފަހަރު މިދާއިރާއަށް ނަން ދެވިފައިވަނީ ވެސް ތިޔަ ލޮބޮވެތި ރައްޔިތުން ފަހުރުވެރިވާ ރަށުގެ ނަމުމްންނެވެ. އަދި އެހެންމެ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ ގޮޑިޔަކަށް މުޅިން އަލަށް ވަނީ ރަށުގެ ދަރިޔަކު ކުރިމަތިލާފައެވެ. އެހެންކަމުން މިސަރަފު ރަށުގެ ދަރިޔަކަށް ދިނުމަށްޓަކައިވެސް ބަދަލެއް ގެނެއުން ކީއްތޯއެވެ.
ކަނޑިތީމްގެ ރައްޔިތުން ނެވެ. ކަނޑިތީމްގެ ބަނދަރު ކޮނެވުނީ ކޮންނަން ބުނެ ކިތައް އަހަރު ފަހުން ކަން ހަނދާނަށް ގެންނަވާށެވެ. އަދި އެބަދަރު ހަލާކުވެ އެބަނދަރު ތޮށީގައި ހިލަޖަހައި ދިނުމަށް ސަރުކާރު އިސްބޭފުޅުންވި ވައުދުގެ މަތިން ހަދާންކޮށްލާށެވެ. އެހެން ކަމުން މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ފުއްދައި ދިނުމަށް މަސައްކަތް ނުކުރެވޭނެކަން ދަނެ ބަދަލެއް ގެންނަން މަގުބޫރުނުވޭ ހެއްޔެވެ.
ގޮއިދޫގެ ރައްޔިތުންވެ. މާދުރަން ޖެހިނުލައި ބަނދަރުގެ މަސައްކަތް ފެށުމުގެ ކުޑަ ދުސަކޮޅެއް ކުރިޔަށް ޖެހިލާށެވެ. ބަދަރު ހަދަން ހަދަން ކިހާދުވަހެއްވިހެއްޔެވެ. މަޖިލީހުގައި އެންމެ ފޯރީގައި މިނިސްޓަރުންގެނެސް ބަދަރުގެ ވާހަކަ އަހަމުން ދިޔައިރުވެސް އެންމެ ކުޑަ މިނުން ނިޒާމީ ނުކުތާއެއްގެ ގޮތު ގައި ވެސް އަހާނުލެވެނު ފަރާތަކަށް އަލުން ތެދުވެ ސުވާލެއް ނުކުރެވޭނެކަން ޤަބޫލުކޮށް ބަދަލު ކޮށްލާށެވެ.
ނުމާރާގެ ރައްޔިންނެވެ. މިވަނީ ބަދަލެއް ބޭނުންވެފައެވެ. ނޫމަރާގައި ދިރިއުޅޭ މީހުންނަކީ ނުހަނު ހާލުގައި އުޅެމުން ދާބަޔަކެވެ. ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ގޮސްފައިވާރަށެކެވެ. އަދި އެހެންމެ ރަށުގެ އެއްބަޔަކު އެހްން ރަށަކަށް ބަދަލުކުރުމުން އެކަނި ވެރިވެފެއިތިބި ރައްޔިތުންތަކެއް އުޅެމުންދާބަޔެކެވެ. މި އެކަނިވެރިކަމާއި ދަތިކަން ސަރުކާރުގެ ބޮޑުންގެ ގޮތުގައި ހުރެ ނޭންގުނު މީހަކަށް ފަހުން އެގިދާނެކަމަށް ގަބޫލު ކުރެވޭހެއްޔެވެ. އެހެން ކަމުން މިފަހަރު ބަދަލެއް ގެނެއުން ކީއްތޯއެވެ.
ބިލެތްފަހީގެ ރައްޔިތުންނެވެ. ތިޔައީ 30 އަހަރުގެ ދިގުވެރިކަން ބަދަލު ކުރުމުގައިވެސް އަތޮޅުންވެސް އިސްދައުރެއް އަދާކުރިބަޔެކެވެ. އެހެން ކަމުން، ބަނދަރުގެ ކަންކަމުގައި ތިޔަ ރައްޔިތުންނަށް ދިން ޖަވާބު ތަކަށް ބަލައި، ރަށުގެ މީހުން ގާތް ކޮށްތިބެ ނުފޫޒު ފޯރުވާކަން އެގިތިބެ މިފަހަރުވެސް ބަދަލެއް ގެނެއުމަށް އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ތިއެވެ. އަދި މިފަހަރުވެސް ބަދަލެއް ގެނެސްދޭށެވެ.
ފޭދޫގެ ރައްޔިތުންނެވެ. ފޭދޫގެ އަކީ އާބާދިގެ ގޮތުން ދާއިރާއިން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އަދި އެހެންމެ ގިނަ ފުރުސަތު ތަކަށް ބޭނުންވެފައިވާ ރަށެއްވެސްމެއެވެ. އެހެންކަމުން މިފުރުސަތުތަކަށް ހޯދައިދިނުމަށް އިހުމާލުވި ފަރާތަކަށް އަލުން ފުރުސަތު ނުދިނުމުގެ ގޮތުން ބަދަލެއް ގެންނަމާހެވެ.
ވޯޓް ދިނުމުގެ ޙައްޤަކީ ޑިމޮކޮރަސީއެއްގައި ރައްޔިތުންނަށް ލިބޭނެ އެއްމެ ބޮޑުހައްޤެވެ. އެހެންކަމުން މާޒީން އިބުރަތް ހަސިލުކޮށް ވޯޓް ދިނުމުގައި އަމިއްލަ މަޤްސަދަށްވުރެބޮޑަށް ޖަމާ އަތުގެ ހެވާލަބަޔަށް ވިސްނާ ނުފޫޒެއް ނެތި ވޯޓްދެއްވާށެ.
at
6.5.09
0
comments
Links to this post
Labels: ކަނޑިތީމު ރިޕޯޓް
ވޯޓްގެ ހައްޤު އަދާކުރުމުގައި އަޅުގަނޑުގެ އިލްތިމާސް.
ލިޔުނީ: އ.ފ.ރ
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް މެންބަރުނަށް ވާދަކުރެވޭ ގޮތައްބާއްވާ ޤާނޫނުހަދާ މަޖުލީހުގެ އިންތިހާބު ފެށުމުގެ ވަގުތުމިވަނީ ކުޑަތަން ވެފައެވެ. މި އިންތިހާބާއި ވިދިގެން ތަފާތު އެކިއެކި ބާވަތް ތަކުގެ ވާހަކައާއި ޕޯސްޓަރާއި، ލަވައާއި ޅެންތައް މިދަނީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެންނެވެ. މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ދިމިކުރާތީ ނިޒާމުގެ ވެރިކަމެއްގައި މިފަދަވާހަކަތަކާއި ހިޔާލުތައް ފާޅުކުރެވުމަކީ މިކަން އޮންނަ ޖެހޭނެ ގޮތެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ކޮންމެފަރާތަކުންވެސް ދައްކާ ވާހަކައާއި ފާޅުކުރާ ހިޔާލުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަކީ ހެޔޮވެރިކަމެއް ދެމިއޮތުމާއި އޭގެ އެންމެ ފައިދާއާއި ފޮނިކަން ރައްޔިތުންނަށް ލިބުމުގެ އެންމެހާއި މަގުތައް ކޮށި ސާފް ވުމުގެ ސިއްރުކަން އަޅުގަނޑު ޤަބޫލުކުރަމެވެ..
މިހާރު އަޅުގަނޑުމެންގެ ތެރޭގައި ބައެއްފަރާތްތަކުން ފަތުރަމުންދާ ވާހަކައަކީ ވަކި ޕާޓީއަކުން އައިސްފައިވާ ކެނޑިޑޭޓަކަށް ވޯޓުދިނުމަކީ ގައުމުގެ ސަލާމަތާއި ހެޔޮވެރިކަމަކަށް އޮތް ބިރެއް ކަމަށެވެ. އެހެނަސްވެސް އަޅުގަނޑުމެންގެ ކޮންމެ ރައްޔިތެއްވެސް ވިސްނާލުން މުހިންމު ކަމެއް އަޅުގަނޑު ބުނާނަމެވެ. އަޅުގަނޑު އެންމެ ކުޑައިރުން ސުރެއްވެސް އަޑުހަހަމެ " ކެޔޮގަހަކުން އަލަނިރެއް ނުފަޅާނެއެވެ." މިއީ ހަޤީގަތުގައިވެސް ވަރަށް ބޮޑު ތެދެކެވެ. އެއެއްޗެއްގައި ނެތް ރީތިކަމަކާއި ސާއްބަކަމެއް އެއެއްޗަކުން ނުދެއްކޭނެއެވެ. ހަކުރު ދެންޏާ ބޮޑުބޭބެ ކީ ޒަމާން މިހާރު ފަހަނައަޅާ ހިގަޖެއެވެ.
އޭލޮބުވެތި ރައްޔިތުންނޭ، ތިޔަބޭފުޅުންގެ ތޫނުވިސްނުން ލިބިފައިވާ ސިކުޑިތަކުން ވިސްނާ ފިކުރުކޮށް އަޅެ ބުނެބަލާށެ؟ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ މެންބަރެއް ނިސްބަތްވާ ޕާރޓީއެއްގެ ސަބަބުން ނުވަތަ ގަބޫލުކުރާ ގަބޫލުކުރުމަކުން އެމީހެއްގެ ކިބައިގައި ހުރި ގާބިލްކަމާއި ފަންނުވެރިކަން އެއީ ނެތްކަމެއްކަމުގައި އަޅުގަނޑުމެންނަށް ހެދިދާނެތޯއެވެ؟. ހަމަޔަގީނުންވެސް އެގޮތައް އެދެކެނީ ވިސްނާފިކުރު ނުކުރާ މީހުންކަން ތިޔަބޭފުޅުންވެސް އެއްބަސްވެވަޑައި ގަންނަވާނެއެވެ. ވިސްނަވާށެ! ވިސްނަވާށޭ! އިރުގެ ހަކަތައަކީ އިންސާނާ ދިރިހުރުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތެވެ. މިހެންމިކަން އޮތްކަމުގައި ވީހިދުވެސް އިރުގެ އަލީގެ ސަބަބުން ހަމުގެ ކެންސަރުފަދަ ބަލިތަކަށް މަގުފަހިކޮށްދެއެވެ. އެހެންއެގޮތަށް ވެޔޭކިޔާފައި އިރުގެ އަލިންތިމާޔަށް ލިއްބައިދޭ ފައިދާތަކާއި އޭގެމުހިންމުކަން އަޅުގަނޑުމެން ހަދުމަނެތިކޮށްލަންވީ ތޯއެވެ؟ އެހެން އެކަން ވާނެތޯއެވެ؟ އެހެނެތް އެކަމެއް ނުވާނެކަން އަޅުގަނޑުމެން ކޮންމެމީހަކަށްވެސް އެގޭނެއެވެ. ހަމަ މިގޮތުން ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލަށްވާފައިވާ މެންބަރެއް ނުވަތަ އެބޭފުޅަކު ނިސްބަތްވާ ޕާރޓީއެއްގެ ސަބަބުން އެބޭފުޅާގެ ގާބިލްކަން ވެއްޔާމޮޑެލާފައި އެއީ ނުރައްކާތެރި ވިހަގަދަ ހަރުފަޔަކަށް ހަދަންވީތޯއެވެ؟ އަޅުގަނޑު ޔަގީކުރާ ގޮތުގައި ތިޔަ ލޮބުވެތި ރައްޔިތުން މިކަން މިގޮތަކަށް ޤަބޫލުފުޅު ނުކުރައްވާނެއެވެ.
ލޮބުވެރި ރައްޔިތުންނޭ! ހޭއަރާށޭ! މިކަމަށް ވިސްނާލާށޭ! ތަންދޮރުނުދައްނަ ގާބިލްކަމެއްނެތް ފެއިލްވެފައިވާ ބޭފުޅަކަށް މިފަދަ ބޮޑުޒިންމާއެއްދޫކޮށްލައްވަން ހެޔޮވެސްނުވާނެއެވެ. އަޅުގަނޑުމެން މިކަމާއިމެދު ވިސްނާ ހޭއަރަންވީ ވަގުތު އަތުވެއްޖެއެވެ. ތަފާތުކުރުމުގެ ނާތަހުޒީބު އުސޫލުން އެއްކިބާވެ ތަޢުލީމާއި ޒުވާންކަމުގެ މައްޗައް ބުރަވެތިބެ ނުފޫޒުން އެއްކިބާވެ ވޯޓުދިނުމުގެ މައްޗައްސަމާލުކަންދެއްވާށެވެ. ފައިސާގެ ނުފޫޒުން އެއްކިބާވެ މިނިވަން ކަމާއިއެކު ވޯޓުދިނުމަކީ ފަރުދީޒިންމާއެއްކަމުގައި ދެކި އެގޮތުގައި އެޒިންމާއަދާކުރަށްވާށެވެ. ބައްލަވަންވީ ނިސްބަތްވާ ޕާޓީއަކަށް ނޫނެވެ. އެހެނަސް ގާބިލް އިހުލާސް ތެރިއަކަމާއި އަޅުގަނޑުމެންގެ ދާއިރާގެ ހަޤީޤީ މަންޒަރުތައް މަޖިލީހުންގެ ތަޅަމުގައި ކުރަހާ އަޅުގަނޑުމެންގެ އިހްސާސްތައް އިގޭ މީހެކެވެ.
at
6.5.09
0
comments
Links to this post
Labels: ކަނޑިތީމު ރިޕޯޓް


